ލާމަރުކަޒީ ކޮމިޓީ

2020 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

10 މޭ 2020 22:00 ނަންބަރު 12

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލް 2020 އާ ގުޅޭގޮތުން އެލް.ޖީ.އޭ ގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އެގޮތުން، އިންތިޚާބާ ކައިރިކޮށް އާ ކައުންސިލެއް އިންތިޚާބުކުރެވުމުގެ ކުރިން، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ބިންތައް ނުވަތަ ޢިމާރާތްތައް ކައުންސިލާއި ރައްޔިތުންނަށް ގެއްލުންވާގޮތަށް ކުއްޔަށް ދިނުން ނުވަތަ ވިއްކުމުން ފަދަ މުޢާމަލާތްތައް ބައެއް ކައުންސިލުތަކުން ކުރަމުންދާ ކަމުގެ ޝަކުވާ އެކިފަރާތްތަކުން ކުރަމުންދާތީ، ކައުންސިލްތައް ދެމިއޮންނަ މުއްދަތުގައި ކައުންސިލުގެ ނުވަތަ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ނުވަތަ ކައުންސިލުގެ އިޚްތިޞާޞްގައި ހިމެނޭ ބިމެއް ނުވަތަ އިމާރާތެއް ފަދަ ރައުސުލްމާލު ކުއްޔަށް ދިނުން ނުވަތަ ވިއްކުމުގެ ބާރު ކައުންސިލަށް ލިބިގެން ނުވާކަމަށް މި ބިލުގައި ބަޔާންކުރައްވަން ފެނިވަޑައިގަންނަވާކަމަށް އެލް.ޖީ،އޭ ގެ ފަރާތުން ފާހަގަކުރެއްވިއެވެ. އެއަށްފަހު، މި ބިލާ ގުޅޭގޮތުން ބަންޑާރަނައިބުގެ ލަފާ ކޮމިޓީއާ ހިއްސާކުރެއްވެވިއެވެ. އެގޮތުން، މި ވަގުތަކީ ޤާނޫނުއަސާސީ އިސްލާހުކުރަންވީ ވަގުތު ނޫންކަމަށާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ބިލް މަޖިލީހަށް ހުށަހެޅުއްވުމުގެ މަޤްސަދަކީވެސް ޤާނޫނުއަސާސީ އިސްލާހުނުކޮށް އެހެން ޙައްލެއް ހޯއްދެވުންކަމަށާއި، އެގޮތުން އެލް.ޖީ.އޭ މެދުވެރިވެގެން އެކަމަށް ޙައްލެއް ހޯއްދަވަން މެންބަރުން ފާހަގަކުރެއްވެވިއެވެ. އެއަށްފަހު، މި ބިލާ މެދު ބަންޑާރަނައިބު ދެއްވެވި ލަފާފުޅަކީ އެމަނިކުފާނު ކުރިންވެސް ހާމަކުރެއްވެވި ސްޓޭންޑްކަމަށްވާތީ، މި ބިލާ ގުޅޭގޮތުން ކައުންސެލް ޖެނެރަލްގެ ލަފާފުޅެއް ލިޔުމުން ހޯއްދެއްވުމަށް ކޮމިޓީގެ ފަރާތުން މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވައި ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ތާއީދު ކުރެއްވި ހުށަހެޅުމަށް ވޯޓަށް އައްސަވައި، ވޯޓުގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އަޣްލަބިއްޔަތުން އެ ހުށަހަޅުން ފާސްކުރެވުނެވެ. އަދި، ކައުންސެލް ޖެނެރަލްގެ ލަފާ ހޯއްދެވުމަށްފަހު، ބިލް ހުށަހެޅުއްވި މެންބަރާއެކު ބައްދަލުވުމެއް ބާއްވާނެކަމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

11 ޖޫން 2019

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލް 2020 ގެ މަސައްކަތް

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA