ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

13 މޭ 2020 22:30

ނަންބަރު

13

2020 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލް 2020 އާ ގުޅޭގޮތުން ކައުންސެލް ޖެނެރަލްގެ ދެއްވި ލަފާފުޅު ކޮމިޓީއާ ޙިއްސާކުރެއްވުމާއެކު، މި ބިލާ ގުޅޭގޮތުން ބިލް ހުށަހެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފުއާ މަޝްވަރާކުރެވުނެއެވެ. އެއަށްފަހު، ދެން އޮންނަ ކޮމިޓީގެ ބައްދަލުވުމުގައި ބިލު ދިރާސާކުރައްވަން ފައްޓަވާނެކަމަށާއި، ދިރާސާކުރައްވާއިރު ބަންޑާރަނައިބާއި ކައުންސެލް ޖެނެރަލްގެ ލަފާފުޅާއި، އެލް.ޖީ.އޭ ގެ ފަރާތުންނާއި ބިލު ހުށަހެޅުއްވި މެންބަރު ފާހަގަކުރެއްވި ނުކުތާތަކާއި އަދި ޢާންމުންގެ ޚިޔާލަށް ރިޢާޔަތްކުރައްވާނެކަމަށް ނިންމަވާ މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA