ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

18 މޭ 2020 22:30

ނަންބަރު

14

2020 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އެންމެ ފުރަތަމަ، މި ބިލަށް ޢާއްމުން ހުށަހަޅާފައިވާ ޚިޔާލުތައް ކޮމިޓީއާ ހިއްސާކުރެވުނެވެ. އެގޮތުން، 29 ފަރާތަކުން ޚިޔާލު ހުށަހަޅާފައިވާއިރު، އޭގެތެރެއިން 14 ފަރާތަކުން ހުށަހަޅާފައިވަނީ ކައުންސިލަރުންގެ މުއްދަތު އިތުރުކުރަން ފެންނަކަމަށެވެ. އަދި ކައުންސިލަރުންގެ މުއްދަތު އިތުރުކުރަން ނުފެންނަ ކަމަށް 15 ފަރާތަކުން ހުށަހަޅާފައިވެއެވެ. ހަމައެއާއެކު، މި ބިލަށް، ބިލު ހުށަހެޅުއްވި މެންބަރުގެ ޚިޔާލުފުޅާ އަދި އެކި ބޭފުޅުންގެ ޤާނޫނީ ލަފާފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޑްރާފްޓެއް ކޮމިޓީއާ ހިއްސާކުރެވި، އެ ޑްރާފްޓަކީ މި ބިލު ކުރިއަށް ގެންދާއިރު ރިޢާޔަތްކުރެވިދާނެ ޑޮކިއުމެންޓެއްކަމަށާއި، ބިލު ހުށަހެޅިފައިވާ ގޮތާއި ޑްރާފްޓާ އަޅައިކިޔުމަށްފަހު، މެންބަރުންގެ ޚިޔާލުފާޅުކުރައްވައި މަޝްވަރާކުރެވުނެވެ. އެއަށްފަހު، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހެޅުއްވީ، އަދި އިތުރަށް މި ބިލާ ބެހޭގޮތުން، ސިޔާސީ ޕާޓީތަކާ އަދި މަޖިލިސްތެރޭގައި އޮންނަ ނިޒާމުގެ ތެރެއިން މަޝްވަރާކުރެއްވުމަށްފަހު،އަދި ބިލު ކުރިއަށް ގެންދަންވީ ގޮތެއް ހޯދުމަށްފަހު، މިބިލުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA