ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

15 ޖުލައި 2020 10:07

ނަންބަރު

32

2020 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މަޝްވަރާކުރެއްވީ، ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އަލުން ވިސްނާ ވަޑައިގެންދެއްވުން އެދި ކޮމިޓީއަށް ފޮނުއްވާފައިވާތީ، އެ މައްސަލައާ ގުޅޭ ގޮތުންނެވެ. އެ ގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓަރ އޮފް ޖެންޑަރ ފެމިލި އެންޑް ސޯޝަލް ސާރވިސަސްއާ ބައްދަލުކުރެއްވުމަށެވެ. އެއަށްފަހު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ފަރާތުން ހިނގަމުންދާ ތަފާތު ހަމަނުޖެހުންތަކާގުޅޭ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ މި މައްސަލައާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރެއްވުމަށެވެ. އެ ގޮތުން މިނިސްޓްރީ އޮފް ޑިފެންސް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަމާގުޅޭ އިސް ބޭފުޅުންނާ އަންނަ ހަފްތާގައި ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން 07 ފެބްރުއަރީ 2012 ވަނަ ދުވަހު އޭރުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާ ގުޅޭ ގޮތުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށް ބަޔާންކޮށް، އެކަންތައްތައް ބަލައި ތަޙްޤީޤްކޮށް ދެއްވުމަށްއެދި އިބްރާހީމް ރަޝީދު މޫސާ، ހ. ދޫހިމެރިގެ ފޮނުއްވާފައިވާ ސިޓީއާގުޅިގެން ކޯނީ ރިޕޯޓު ދިރާސާކުރުމަށް މެންބަރުންނަށް ދެންނެވުނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA