ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

7 ޖުލައި 2019 17:10

ނަންބަރު

12

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 2019 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، 5 ޖުލައި 2019 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ފުލުހުންތަކެއް ޢާންމު ރައްޔިތަކަށް އަނިޔާ ކުރާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން ދާތީ، އެ މައްސަލަ ކޮމިޓީގެ މުޤައްރިރުގެ އިސްނެގުމުގެ މަތިން ދިރާސާކުރައްވަން ނިންމެވިއެވެ. މި ގޮތުން ކޮމިޓީން ނިންމެވީ ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން، މޯލްޑިވެސް ޕޮލިސް ސާރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑް އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުންނާއެކު 9 ޖުލައި 2019 ވާ އަންގާރަދުވަހުގެ 21:00 ގައި ބައްދަލު ކުރެއްވުމަށެވެ. އަދި އަނިޔާވި ފަރާތްތަކު ހާލަތު ބެއްލެވުމަށާއި މި މައްސަލައިގެ ތަޙްޤީޤް ގޮސްފައިވާ ހިސާބު ސާފުކުރެއްވުމަށްވެސް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖޫން 2019 - ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA