ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

16 ޖުލައި 2019 11:15

ނަންބަރު

14

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 2019 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ މ.ތިންފިޔަ ފާތިމަތު ސުދުނާ ފޮނުވާފައިވާ މައްސަލަ (ބޮޑުދައިތަގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު، އޭނާގެ އަތުން އަތުލައި އެ ކުއްޖާގެ ބައްޕަގެ ބެލުމުގެ ދަށަށް ގެންދިއުމުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް މި ކޮމިޓީން ބައްލަވައިދެއްވުމަށް އެދި، ފާތިމަތު ސުދުނާ، މ. ތިންފިޔަ ފޮނުއްވާފައިވާ މައްސަލަ) އެވެ. މިގޮތުން މި މައްސަލައަކީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝިއަލް ސަރވިސް ގެ އިޙްތިޞާސް ތެރޭގައި ހިމެނޭ މައްސަލައަކަށް ވާތީ މި މައްސަލަ އެ މިނިސްޓްރީ އަށް ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު ކުރިއަށް ގެންދެވީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކެއްގެ ޙައްޤުތައް ގެއްލިގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އަޙްމަދު ހިޝާން، ގ. ނީރުވީކް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމވެ. އެގޮތުން މި މައްސަލަ ދިރާސާކުރެއްވުމަށްފަހު މި މައްސަލަ އަކީ ޖުޑީޝިއަރި ކޮމިޓީގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނޭ މައްސަލައެއްކަމަށް ކޮމިޓީން ފެންނާތީ އެ މައްސަލަ އެ ކޮމިޓީއަށް ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA