ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

24 ޖުލައި 2019 12:15

ނަންބަރު

17

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 2019 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ ރިޔާސަތުން ހުށަހަޅާ ކަންކަމާގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ. އެގޮތުން ފުރަތަމަ ހުށަހެޅުއްވީ ކުޑަކުދިންގެ ނާޖާއިޒު މަންފާ ނެގުމަކީ ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ކުށެއްކަމަށް ކަނޑައަޅައި، އުގޫބާތެއް ކަނޑައެޅިފައިނުވާ ކަމަކަށްވާތީ، މިކަމަށް އަވަސް ޙައްލެއް ހޯދުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވުމަށް މަޝްވަރާކުރެއްވުމެވެ. އެގޮތުން މިކަމާމެދު ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު އެޓަރނީ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވުމަށް ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ. އަދި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމާގުޅޭ މައްސަލަތައް އިތުރުވަމުންދާތީ، ފުލުހުންނާ ބައްދަލުކޮށް މަޢުލޫމާތު އޮޅުންފިލުވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި މި ބައްދަލުވުމުގައި މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީ ބައިވެރިކުރުމަށްވެސް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު މަޝްވަރާކުރެއްވީ ކުޑަކުދިންގެ ރައްކާތެރިކަމާއި، ޙައްޤުތަކާއި، ޖިނާޢީ އަދުލުގެ ނިޒާމާއި ގުޅުންހުރި ބޮޑެތި މައްސަލަތަކެއް މި ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވާތީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ތާވަލް ކޮށްފައިވާ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި، ކުޑަކުދިންގެ އަދުލުގެ ބިލާއި، ތަޢުލީމީ ބިލު އަވަސްކޮށްދެއްވުމަށް އެދި އަދި މި 3 ބިލަކީ އެއްބިލު އަނެއްބިލާއި ގުޅިލާމެހިފައިވާ ބިލުތަކަކަށްވާތީ، މި 3 ބިލު އެކުއެކީގައި ފޮނުއްވުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވުމަށެޥެ. މި މައްސަލައާ މެދު މަޝްވަރާކުރެއްވުމަށްފަހު، މިކަމާގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވުމަށް ކޮމިޓީގެ އިއްތިފާޤުން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖޫން 2019 - ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA