ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

6 އޮކްޓޯބަރު 2019 14:21

ނަންބަރު

29

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 2019 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޮމިޓީއަށް ފޮނުވާފައިވާ 2 ސިޓީއާ މެދު މަޝްވަރާ ކުރެއްވުމެވެ. އެގޮތުން އިޖުތިމާޢީ ކޮމިޓީއާއެކު އާއިލާއާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ގެ މަސައްކަތްކުރުމަށް މި ކޮމިޓީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ކަމުގައި ކޮމިޓީން ނިންމެވިއެވެ. އަދި ޖުޑީޝިއަރީ ކޮމިޓީއާއެކު އިންތިގާލީ އިންސާފުގެ ބިލުގެ މަސައްކަތް ކުރުމަށް ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ހަމަޖެއްސިއެވެ. އެއަށްފަހު ކުރިއަށް ގެންދެވ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މިހާރުގެ މެންބަރެއްކަމުގައިވާ އަލްފާޟިލް މޫސާ ޢަލީ ކަލޭފާނު ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތް ކުރެއްވިއިރު އޭނާ ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ދިރާސާކުރުމެވެ.. ކޮރަޕްޝަންގެ ތުހުމަތުކުރެވޭ މީހަކު މިނިވަން މުސްތަޤިއްލު ކޮމިޝަނެއްގެ މެންބަރެއްގެ މަޤާމުގައި ދެމިހުރުމަކީ އެނާގެ ނަޒާޙަތްތެރެތިކަމާމެދު ސުވާލު އުފެދޭ ކަމަކަށްވާތީ، އަލްފާޟިލް މޫސާ ޢަލީ ކަލޭފާނު ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމުން ވަކިކުރުމާގުޅޭ މައްސަލަ މި ކޮމިޓީން ދިރާސާކުރުމަށް ބޭނުންވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 210 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެންނެވުމަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ހުށަހަޅުއްވާ އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވިއެވެ. ދެވަނަ ހުށަހެޅުމަކަށް ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ހުށަހެޅުއްވީ މި މައްސަލައަކީ އަދި ސާބިތުވެފައިނުވާ މައްސަލއަކަށްވާތީ އެ ބޭފުޅާއާމެދު ފިޔަވަޅު ނޭޅުމަށާއި މި ކުށުން ބަރީޢަވާން އެ ބޭފުޅާއަށް ފުރުޞަތު ދެއްވުމަށެވެ. މި ހުށަހެޅުމަށް ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު ތާއީދު ކުރެއްވިއެވެ. ފުރަތަމަ ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ފާސްވިއެވެ. ފަހު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދެވީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ ޢަދުލުގެ ބިލު ދިރާސާކުރުމެވެ. އެގޮތުން މި ދެ ބިލު ކުރިއަށޤ ގެންދާނެ ގޮތުގެ ތާވަލްއެއް ކޮމިޓީން އެކުލަވާލިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
18 މޭ 2020 - ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ
29 އޯގަސްޓު 2019 - ކުޑަކުދިންގެ ޢަދުލުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA