ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

25 އޯގަސްޓު 2020 10:04

ނަންބަރު

42

2020 ވަނަ އަހަރުގެ 42 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވީ، ކޮމިޓީގައި ނުނިމިހުރި މައްސަލަތައް ކުރިއަށް ގެންދާނެ ގޮތަކާމެދުއެވެ. އެގޮތުން ކުނަހަންދޫ ކައުންސިލުންނާއި، ލަންދޫ ކައުންސިލުންނާއި ކުޑަފަރީ ކައުންސިލުން ފޮނުއްވާފައިވާ ސިޓީތަކަށް ޖަވާބުދެއްވުމަށް ކޮމިޓީން ނިންމެވިއެވެ. މީގެ އިތުރުން،"އިޒްރާއީލުން ފަލަސްޠީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއެކު ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާއި ޚިލާފު އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރު" ގައިވާ ކަންކަމާގުޅޭ ގޮތުން ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ކޮބައިކަމާއި މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގެ ކޮމެންޓް އެއް އޮތްނަމަ ފޮނުވައި ދިނުމަށް އެދި އެ މިނިސްޓްރީއަށް ސިޓީ ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA