ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

2020 ވަނަ އަހަރުގެ 45 ވަނަ ބައްދަލުވުން

6 އޮކްޓޯބަރު 2020 10:24 ނަންބަރު 45

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އަލުން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާމެދު އަލުން ވިސްނާވަޑައިގެންދެއްވުމަށް އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވިފައިވާ މައްސަލައެވެ. މި ގޮތުން ރެސިޑެންޓް ވީޒާއާ ގުޅޭ މާއްދާއާއި މިހާތަނަށް ކޮމިޓީއިން އިޞްލާޙުކުރައްވާފައިވާ ބިލުގެ މާއްދާތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އެޓަރނީ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ ކަމާގުޅޭ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ކެންދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ހުށަހަޅުއްވައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަހްމަދު ތާއީދުކުރެއްވިއެވެ. އަދި ކޮމިޓީގެ އިއްތިފާގުން ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

2 ނޮވެމްބަރު 2020

ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

16 މޭ 2020

ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA