ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

2020 ވަނަ އަހަރުގެ 46 ވަނަ ބައްދަލުވުން

7 އޮކްޓޯބަރު 2020 10:01 ނަންބަރު 46

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ދިވެހިރާއްޖެއިން ސަފީރުން ކަނޑައެޅުއްވުމަށްޓަކައި، ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ގ.ފަރުކަނި، ޑޮކްޓަރ ޢާޞިމް އަޙްމަދު، ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް ހަމަޖެއްސެވުމާމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެ ގޮތުން އެ ބޭފުޅާއަކީ ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްގެ މަޤާމަށް ހަމަޖައްސަވާފައިވާ ފަރާތަކަށްވުމުން އިތުރު ދިރާސާއެއް ކުރުމެއްނެތި އެބޭފުޅާއަކީ އެމަޤާމަށް ހަމަޖެއްސެވުމަށް އެކަށީގެންވާ ބޭފުޅެއްކަމަށް ކޮމިޓީގެ އިއްތިފާޤުން ނިންމިއެވެ. އެއަށްފަހު"ސާކް ވިޝަން 2030" ކަރުދާހަށް އެއްވެސް ކޮމެންޓްއެއް ވާނަމަ ފޮނުއްވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓް އިން ފޮނުއްވާފައިވާ މައްސަލައިގައި ކޮމިޓީގެ އެއްވެސް އިޞްލާހެއް ނުވަތަ ކޮމެންޓްއެއް ނެތްކަމަށް ކޮމިޓީގެ އަޣްލަބިއްޔަތުން ވަނީ ފާސްކުރައްވާފައެވެ. މީގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވަޒީފާގެ އޮނިގަނޑަށް ގެންނަން ފެންނަ އިޞްލާޙުތަކާ ގުޅޭ މައްސަލައާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މިނިސްޓްރީ އޮފް ފިނޭންސް، އެޓަރނީ ޖެނެރަލްގެ އޮފީސް، ލޭބަރ ރިލޭޝަން އޮތޯރިޓީ އަދި ސިވިލް ސަރވިސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

7 އޮކްޓޯބަރު 2020

ގ.ފަރުކަނި، ޑޮކްޓަރ ޢާޞިމް އަޙްމަދު، ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް ހަމަޖެއްސެވުމާގުޅޭ މައްސަލައިގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

7 އޮކްޓޯބަރު 2020

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަޒީފާގެ އޮނިގަނޑުގެ އިޞްލާހް ގެނައުމުގެ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA