ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

9 ޖުލައި 2019 12:00

ނަންބަރު

10

2019 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށްގެންދެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މި ވަގުތަށް އުފެއްދުމަށް ބޭނުންވާ މަޤާމްތަކާ ގުޅޭ ގޮތުން ކޮމިޓީގެ ލަފާފުޅަކަށް އެދިވަޑައިގެން ފޮނުއްވާފައިވާ ސިޓީއާ ގުޅޭ މައްސަލަ ދިރަސާކުރުމެވެ.. މިގޮތުން މި މައްސަލައާ ގުޅޭ ގޮތުން އެ މަޤާމުތަކަށް މުވައްޒަފުން ނެގުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެ މަޤާމުތަކަށް ޝަރުޠުހަމަވާ މުވައްޒަފުން ތިބިނަމަ، ހަމަޖެހިފައިވާ އުޞޫލުން އެ މުވައްޒަފުންނަށް މަޤާމުތަކުގެ ކުރިއެރުން ދެއްވުމަށާއި، އެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދެއްވުމުން ހުސްވާ މަޤާމުތަކަށަށް ހަމަޖެހިފައިވާ އުޞޫލުން މުވައްޒަފުން ނެގުމަށް މަޖިލީހުގެ ރައީސްއަށް ލަފާ އެރުއްވެވުމަށް ނިންމެވިއެވެ. އެއަށްަފަހު 2020 ވަނަ އަހަރަށް ލަފާކުރާ މަޖިލީހުގެ އިދާރާގެ ބަޖެޓް ދިރާސާކުރެއްވިއެވެ. އަދި މަޖިލީހުގެ އިދާރާގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރަށް ކޮޓަރި ހަމަޖެހިފައިވާ އުސޫލުން އެހެނިހެން ޕާޓީތައް ތަމްސީލުކުރައްވާ ފަރާތްތްތަކަށްވެސް އިދާރާއިން ޖާގައެއް ހަމަޖެއްސުމާމެދު ކޮމިޓީން ގޮތެއް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA