ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

2019 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

11 ޖޫން 2019 15:25 ނަންބަރު 1

ޚުލާސާ

މި ބައްދަލުވުމުގެ އެޖެންޑާއަކީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮވުމެވެ. އެގޮތުން، ކޮމިޓީގެ މުޤައްރިރާއި، މުޤައްރިރުގެ ނައިބު ހޮއްވެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ، އަލްއުސްތާޛާ އަފްޒާލް ޢަބްދުއްސައްތާރެވެ. ކޮމިޓީގެ މުޤައްރިރެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ހުށަހަޅުއްވައި، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ތާއީދުކުރައްވާފައިވަނީ ކޮމިޓިގެ މުޤައްރިރެއްގެގޮތުގައި ހުންނެވުމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ގެ ނަންފުޅެވެ. އެ ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ކޮމިޓީގެ މުޤައްރިރެއްގެގޮތުގައި ހޮވުނެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ތާއީދުކުރެއްވީ ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ ނަންފުޅެވެ. އެ ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އެއަށްފަހު، ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވީ، ދެން ބާއްވަވާ ކޮމިޓީގެ ބައްދަލުވުމެއްގައި ކޮމިޓީގެ ހިންގާ ގަވާއިދު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް ނިންމެވުމަށް ފަހުގައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

11 ޖޫން 2019

ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮވުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA