ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

26 އޮކްޓޯބަރު 2020 10:09

ނަންބަރު

52

2020 ވަނަ އަހަރުގެ 52 ވަނަ ބައްދަލުވުން

ޚުލާސާ

ޤާނޫނު ނަންބަރު1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މުއައްސަސާތަކުން އެ ބިލަށް ހުށަހަޅުއްވަން ބޭނުންފުޅުވާކަމަށް ފާހަގަކުރައްވާފައިވާ އިޞްލާޙުތައް ކޮމިޓީއަށް އެއްހަފްތާ ތެރޭގައި ހުށަހެޅުއްވުމަށް ކޮމިޓީއިން އެފަރާތްތަކުގައި އެދިވަޑައިގެންފައިވާއިރު، މިހާތަނަށް އެ މަޢުލޫމާތު ކޮމިޓީއަށް ލިބިފައިނުވާތީ، އެ ބިލަށް އެ މުއައްސަސާތަކުން ގެންނަވަން ބޭނުންފުޅުވާ އިޞްލާޙެއްވާނަމަ، 28 އޮކްޓޫބަރު 2020 ގެ ކުރިން ފޮނުއްވައިދެއްވުމަށް އެފަރާތްތަކުގައި ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ. މީގެ އިތުރުން، ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ވެސް ކޮމިޓީން ކުރިއަށް ގެންދެވިއެވެ. ރަސްމީ ލިޔެކިޔުންނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ގައި މި މައްސަލައާއި ގުޅިގެން، ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން ޢަމަލުކުރައްވަމުން ގެންދަވާ ގޮތާއި، އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ގުޅޭ ތަފްޞީލް، ކޮންމެ 3 (ތިނެއް) މަހަކުން މި ކޮމިޓީއާ ޙިއްޞާކުރުމަށް ކަމާގުޅޭ އިދާރާތަކަށް އަންގާފައިވާއިރު، އެ މަޢުލޫމާތު ކޮމިޓީއަށް މިއަދާ ހަމައަށް ޙިއްޞާކޮށްފައިނުވާތީ އެ މަޢުލޫމާތު ފޮނުއްވާދެއްވުމަށް އެފަރާތްތަކުގައި ދެންނެވުމަށް ނިންމެވިއެވެ. 25 އޮކްޓޫބަރު 2020 ވަނަ ދުވަހު ބެންކް އޮފް ސިލޯން ކުރިމަތީގައި ބަޔަކު ފައިސާތަކެއް ފޭރެން އުޅުނު މައްސަލައާ ގުޅޭގޮތުންނާއި، މިފަދަ މައްސަލަތައް ހިނގިޔަނުދިނުމުގެގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޑިފެންސް، އެން.ސީ.ޓީ.ސީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި މޯލްޑިވްސް ޕޮލިސްގެ ކަމާގުޅޭ ބޭފުޅުންނާ 2 ނޮވެންބަރު 2020 ވަނަ ދުވަހު ކޮމިޓީއިން ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA