ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

26 އޯގަސްޓު 2019 11:15

ނަންބަރު

23

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލުގެ މަސައްކަތެވެ. އެގޮތުން، ބިލުގައި ފަހުން ބެއްލެވުމަށް ޕާކްކުރެއްވި މާއްދާތަށް ބެއްލެވިއެވެ. އެއީ؛ 1. 4 ވަނަ މާއްދާގެ (ރ) އޮތްގޮތަށް ބޭއްވުމަށް. 2. 4 ވަނަ މާއްދާ އިސްލާހުކުރެވިފައިވާ ގޮތަށް ބޭއްވުމަށް. 3. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅައި .. ތާއީދު ކުރެއްވި ހުށަހެޅުން؛ ބިލަށް 36 އަދި 37 ގެ ގޮތުގައި 2 މާއްދާ އިތުރުކުރުމަށް. 4. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރެއްވި ހުށަހެޅުން؛ ބިލުގެ 42 ވަނަ މާއްދާގެ (ށ) އިޞްލާހުކުރެއްވުމަށް. 5. .. ހުށަހަޅައި... ތާއީދުކުރެއްވި ހުށަހެޅުން؛ ބިލުގެ 43 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ މެދަށް (ށ) ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށް. 6. ބިލުގެ 51.1 އޮތްގޮތަށް ބޭއްވުމަށް. 7. ބިލުގެ 51.2 އޮތް ގޮތަށް ބޭއްވުމަށް. ބިލުގެ މާއްދާތައް އިޞްލާހުކޮށް ނިންމުމާއެކު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު ތާއީދުކުރައްވައި ހުށަހަޅުއްވާފައިވަނީ، ކޮމިޓީން ގެންނެވި އިޞްލާހުތަކާއިއެކު ބިލު ކޮމިޓީން ފާސްކުރުމަށް އަދި އިމްލާކުއްތައް އިދާރީ މޭޒުން ރަނގަޅުކޮށް، އެއްވެސް ފުށުއެރުމެއް ވާނަމަ އަލުން ކޮމިޓީއަށް ބިލު ގެނައުމަށެވެ. މި ހުށަހެޅުން ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުންވަނީ ފާސްކުރައްވާފައެވެ. އެއަށްފަހު، ކުރިއަށްގެންދެވީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލުގެ ސުންގަޑި 26 އޮގަސްޓް 2019 އަށް ހަމަވެފައިވާތީ ބިލު ނިންމުމަށް އަދި އިތުރު ދުވަސް ބޭނުންވާތީ، ބިލުގެ ކޮމިޓީން ނިންމާނެ ސުންގަޑި އިތުރުކުރުމުގެ މަސައްކަތެވެ. އެގޮތުން، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދު ކުރައްވައި ހުށަހަޅުއްވާފައިވާ މުއްދަތަކީ 28 އޮގަސްޓް 2019 އެވެ. މިހުށަހެޅުން ވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA