ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

5 އޭޕްރީލު 2021 12:05

ނަންބަރު

21

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރެއްގެ މަޤާމު ހުސްވެފައިވާތީ އެކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ނަން ރައިސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުމުން މަޖިލީހުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ދިރާސާކުރެއްވުމަށް ފޮނުއްވާފަ އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމެވެ. އެގޮތުން މި މައްސަލަ ނިންމާން ސުންގަޑިއަކީ 22 އެޕްރީލު 2021 ކަމުގައި ކޮމިޓީގެ އިއްތިފާގުން ފާސްކުރެއްވިއެވެ. މި މައްސަލަ ދިރާސާ ކުރެއްވުމަށްޓަކައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން 3 މުވައްޒަފުންގެ ޕެނަލެއް އެކުލަވާލެވުނެވެ. އަދި އާންމުންގެ އެއްވެސް ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި 5 އެޕްރީލު 2021 އިން ފެށިގެން 18 އެޕްރީލު 2021 ގެ ނިޔަލަށް އިޢުލާން ކުރުމަށް ނިންމެވިއެވެ. އަދި އެ ފަރާތްތަކާ އިންޓަވިއުކުރާނެ ތާރީޚަކީ 21 އެޕްރީލު 2021 ކަމުގައިވެސް ކޮމިޓީގެ އިއްތިފާގުން ނިންމިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA