ޢާންމު ކޮމިޓީ

2019 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

5 ސެޕްޓެމްބަރު 2019 14:30 ނަންބަރު 16

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށްގެންދެވީ މަޖިލީހުގެ އިދާރާގެ އޮންނަ ޕެނަލް އަދި ކޮމިޓީތަކުގައި ޢާންމު ކޮމިޓީގެ މެންބަރުން ބައިވެރިވުމާގުޅޭ ގޮތުންނެވެ. އެގޮތުން ކޮންމެ ޕެނަލް އަދި ކޮމިޓީއެއްގައި ޢާންމު ކޮމިޓީގެ ދެ މެންބަރެއް އިނުމަށް ވަނީ ނިންމަވާފައެވެ. އެއަށްފަހު ކޮމިޓީގައި މަޝްވަރާ ކުރެއްވީ އައި.ޕީ.ޔޫގެ ބައްދަލުވުމުގެ ތެރޭގައި ސައުންޑް ސިސްޓަމްއަށް ދިމާވި މައްސަލައަކާ ގުޅިގެން މަޖިލިޙުގެ ފްލޯގައި ވާހަކަ ދެއްކި އިރު އަޑު ލިބެންޖެހޭ ތަންތަނަށް އަޑު ނުލިބޭތީ، އެމައްސަލައިގައި ކަންހިގާފައިވާ ގޮތް ސާފުކުރުމާމެދުއެވެ. މި ގޮތުން ކޮމިޓީން ނިންމެވީ މި މައްސަލަ ދިރާސާކުރުމަށް ސަބް ކޮމިޓީއެއް އެކުލަވާލުމަށެވެ. މި ސަބް ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ: 1. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް 2. ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް 3. ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އަދި މީގެއިތުރުން ޕާލިމަޓްރީ ގްރޫޕްގެ އިދާރީ، އަދި ފަންނީ މަސައްކަތްތައް ކުރުމަށް ބޭނުންވާ މުއައްޒަފުން ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

5 ސެޕްޓެމްބަރު 2019

ޕާލިމަންޓަރީ ގްރޫޕްތަކަށް އިދާރީ، އަދި ފަންނީ މަސައްކަތްތައް ކުރުމަށް ބޭނުންވާ މުއައްޒަފުން ހަމަޖެއްސުން

ކޮމެޓީ މަސައްކަތް ނިމިފައި

5 ސެޕްޓެމްބަރު 2019

އައި.ޕީ.ޔޫ ސަމިޓް މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

21 އޯގަސްޓު 2019

މަޖިލީހުގެ އިދާރާގެ ހިމެނޭ ކޮމިޓީތަކާއި ޕެނަލްތަކުގައި ކޮމިޓީގެ މެންބަރުން ބައިވެރިވުމާ ގުޅޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA