ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

3 ޑިސެމްބަރު 2019 14:00

ނަންބަރު

53

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 53 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްއާއި ގުޅުން ހުރި މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން މައްސަލައިގައި ކަންހިނގާފައިވާގޮތް ސާފުކޮށް ގޮތެއް ނިންމެވުމަށްޓަކައި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. މީގެ އިތުރުން، މި މައްސަލައާގުޅޭ ތިރީގައި ދަންނަވާފައިވާ މަޢުލޫމާތު ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ހޯއްދެވުމަށް ނިންމެވިއެވެ. • ކުންފުންޏާއި ޕާކަވަން އިންވެސްޓްމެންޓާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެކުންފުންޏަށް ގެއްލުންވަމުންދާތީ، ޕާކަވަން ކުންފުނީގެ ފަރާތުން ކޮށްފައިވާ ޚަރަދާއި، އެކަމުން ސީދާ ގޮތުން ލިބެމުންދާ ގެއްލުންތަކުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި، ކުންފުނީގެ އޮޑިޓް ކޮމިޓީން އެއްވެސް ރިސްކް އަދި ގެއްލުމުގެ އެސެސްމަންޓެއް ހައްދަވާފައިވާނަމަ، އެކަމުގެ ތަފްޞީލް؛ • އަދި ބޯޓު ތިލަފުށީ ފަޅުން ނެގުމުގެ މަސައްކަތާގުޅޭ ކޮސްޓް އެނަލަސިސްއެއް ހައްދަވާފައިވާނަމަ، އެކަމުގެ ތަފްޞީލް.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
7 އޮކްޓޯބަރު 2019 - ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްއާއި ގުޅުން ހުރި މައްސަލަތައް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA