ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

23 އޮކްޓޯބަރު 2019 14:00

ނަންބަރު

19

2019 ވަނަ އަހަރުގެ 19 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ މަޖިލީހުގެ މެންބަރުންގެ ކޮމިޓީ އެލަވަންސް ދިނުމުގެ އުސޫލުގެ 3 ވަނަ ނުކުތާއާމެދު ކޮމިޓީން ނިންމި ނިންމުން އަލުން މުރާޖަޢާކުރުމެވެ. އަށްފަހު، މި އިދާރާގެ ކުރީގެ މުވައްޒަފު އަޙުމަދު ޝާޙު ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަ ބެއްލެވިއެވެ. އަދި އާދަމް ޢަލީ މ.ކެލަން ފޮނުވާފައިވާ މައްސަލަ ދިރާސާކޮށްއެ ފަރާތުން ހުށަހަޅުއްވާފައިވާ ގޮތަށް ހަކުރާ ގޯޅީގައި ޕާކްކުރަން ފުރުޞަތު ސަލާމަތީ ސަބަބުތަކަށްޓަކައި ދެވެންނެތްކަމަށް އެ ފަރާތަށް ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި "މިހާރު" ނޫހުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ލައިވް ފީޑް ހޯދުމަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ.. އެގޮތުން "މިހާރު" ނޫހަށް ހުއްދަ ދިނުމުގެ ކުރިން ކޮމިޓީން އެކުލަވާލަންޖެހޭ އުސޫލު އެކުލަވާލުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA