ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

5 ޑިސެމްބަރު 2019 11:00

ނަންބަރު

54

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 54 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ ތިރީގައި ދަންނަވާފައިވާ މައްސަލަތަކާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. • 12 ނޮވެންބަރު 2019 ވަނަ ދުވަހުރޭ ހުޅުމާލޭގައި އެމް.ޓީ.ސީ.ސީގެ ބަހެއްގައި ޖެހި ސައިކަލެއްގައި އިން 13 އަހަރުގެ ކުޑަކުއްޖަކު ނިޔާވެފައިވާތީ، އެމް.ޓީ.ސީ.ސީއިން ބަހުގެ ޚިދުމަތްދިނުމުގައި، ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ޢަމަލުކުރަމުންދޭތޯއާއި، ބަސްތައް ދުއްވާ ބާރުމިން ވަކި މިންވަރެއްގައި ހިފެހެއްޓިފައިވޭތޯއާއި، ބަސްތައް ދުއްވާ ޑްރައިވަރުންގެ މަސައްކަތުގެ ވަގުތު ބެހިފައިވާގޮތާއި، ބައެއް ޑްރައިވަރުން ހުސްވަގުތެއް ނުލިބި މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެ ހިއުމަން ރައިޓްސް ކޮމިޓީން ހުށަހަޅުއްވާފައިވާ މައްސަލަ؛ • މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއިން އިންފޮރމޭޝަން ކޮމިޝަނަރަށް މަޢުލޫމާތު ޙިއްސާކުރެއްވުމަށް އިންކާރުކުރައްވާކަމާއި، އަދި މި މައްސަލަ ސަރުކާރު ޙިއްސާވާ އެހެން ކުންފުނިތަކުގެ ފަރާތުންވެސް ދިމާވާކަމުގެ ކަންބޮޑުވުން އިންފޮރމޭޝަން ކޮމިޝަނަރު ޙިއްސާކުރައްވާފައިވާ ކަމަށް ވިދާޅުވެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހުށަހަޅުއްވާފައިވާ މައްސަލަ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA