ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

2019 ވަނަ އަހަރުގެ 48 ވަނަ ބައްދަލުވުން

30 އޮކްޓޯބަރު 2019 14:10 ނަންބަރު 48

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ "ނެޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭން" އަށް ކޮމެންޓް ހުށަހެޅުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން މި އެކްޝަން ޕްލޭންއަށް ކޮމެންޓް ކުރަން ދީފާއިވާ މުއްދަތު އިތުކޮށްދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގައި ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި މިކަމަށްޓަކައި ސަބް ކޮމިޓީއެއް އެކުލަވާލެއްވިއެވެ. މި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ: 1- ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު 2- ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ 3- މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ. އެއަށްފަހު ކުރިއަށް ގެންދެވީ މާތިލަ/ބ. ގޮއިޑު ފާތިމަތު ޝިފާޒާއަށް އެނާގެ ބޮޑު ބޭބެ ޖިންސީ ގޯނާކުރި މައްސަލަ ދިރާސާކުރުމުވެ. މިގޮތުން ޝިފާޒާގެ މައްސަލަ ބަލަން ފެށުމާއެކު މި ރަށުން މި ބާވަތުގެ އެހެން މައްސަލަތަކެއް ފެންމަތިވެފައިވާތީ އެ މައްސަލަ ފުލުހުން ތަޙްޤީގު ކުރޭތޯ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ސިޓީއެއް ފޮނުވުމަށް ނިންމެވިއެވެ. އަދި ޖެންޑަރ މިސްޓްރީއަށް ވީ އެންމެ އަވަހަކަށް އެ ރަށަށް ގޮސް އެކުދިންނަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ދިނުމަށް އެންގުމަށް ކޮމިޓީން ނިންމެވިއެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ކުރިއަށްގެންދެވީ ހިއުމަން ރައިޓްސް ކޮމިޝަނގެ މެންބަރު މޫސާ ޢަލީ ކަލޭފާނު މަޤާމުން ވަކި ކުރުމަށް ހުށަހެޅިފާއިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން މި މައްސަލަ އިތުރަށް ދިރާސާކުރުމަށޤ ކޮމިޓީން ނިންމެވިއެވެ. އެންމެ ފަހު ކަމެއް ގޮތުގައި ކޮމިޓީން ބެއްލެވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ސުންގަނޑި ކަނޑައެޅުމެވެ. އެގޮތުން މި ބިލުގެ ސުންގަނޑިއަކީ 13 ނޮވެންބަރު 2019 ކަމުގައި ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

18 މޭ 2020

ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ

ކުރިޔަށް ދަނީ

19 އޯގަސްޓު 2019

ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު

ކުރިޔަށް ދަނީ

11 ޖޫން 2019

ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA