ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

7 ނޮވެމްބަރު 2019 10:15

ނަންބަރު

50

2019 ވަނަ އަހަރުގެ 50 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ދައުލަތުގެ އިސް މަޤާމެއްގައި ހުރި މީހަކު ނަސްރުގެ ދުވަހުގެ ތަހުނިޔާ، އަނިޔާއަށް ހިއްވަރު ލިބޭގޮތަށް ކިޔާފައިވާތީ އެ މައްސަލަ ބެއްލެވުމުގެ މަސައްކަތެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު އަޙްމަދު ޙައިލަމް އަނިޔާއާ ލާ އިންސާނީ ޢަމަލުތަކަށް ހިއްވަރުލިބޭގޮތަށް ނަސްރުގެ ދުވަހުގެ ތަޙްނިޔާ ކިޔާފައިވާ މައްސަލަ ކޮމިޓގައި ބެއްލެވުމަށްފަހު ކޮމިޓީން ނިންމެވީ އެ ޢަމަލުތައް ކުށްވެރިކޮށް ކޮމިޓީގެ ނަމުގައި ބަޔާނެއް ނެރުމަށެވެ. އެއަށްފަހު ކުރިއަށް ގެންދެވީ ޖަލު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ 7 އަހަރު ދުވަހަށްވުރެން ގިނަ ދުވަހު ޖަލުގައި ޝަރީއަތް ކުރުމަކާނުލާ މީހުން ބަންދުކޮށްފައިވާ މައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ހޯމް މިނިސްޓްރީ އަދި ޖޭ.އެސް.ސީ ކޮމިޓީއަށް ޙާޒިރުކުރުމަށް ކޮމިޓީން ނިންމުމެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA