ލާމަރުކަޒީ ކޮމިޓީ

2020 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

15 ޖޫން 2020 11:15 ނަންބަރު 22

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އެންމެ ފުރަތަމަ، ނައިފަރު ކައުންސިލް ހިންގުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އެ ކައުންސިލުން ހުށަހާޅާފައިވާ މައްސަލަ ލާމަރުކަޒީ ކޮމިޓީގެ ސަބް ކޮމިޓީން ނިންމަވާ، ތައްޔަރު ކުރެއްވި ރިޕޯޓް ފާސްކުރެއްވިއެވެ. އެގޮތުން، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން މި ރިޕޯޓް ފާސްކުރެވުނެވެ. އެއަށްފަހު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 117 ވަނަ މާއްދާ ގައި ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންކަމަށް ބަޔާންކުރައްވާފައިވާތީއާއި، ބުނެވިދިޔަ ޤާނޫނުގެ އެއްވެސް މާއްދާއެއްގައި އެ ޤާނޫނުގެ ދަށުން ފިޔަވަޅެއް އަޅާފައިވާ ކައުންސިލަރެއްގެ މުސާރައާއި ޢިނާޔަތްތައް ހިފެހެއްޓިދާނެކަމަށް ބަޔާންކޮށްފައިނުވާތީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހަދާ "އިންކުއަރީ ހެދުމާއި ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ދަށުން އަޅުއްވާ ފިޔަވަޅަކާ ގުޅިގެން ކައުންސިލަރެއްގެ މުސާރައާއި ޢިނާޔަތްތައް ހިފެހެއްޓިދާނެކަމަށް ކޮމިޓީއަށް ފެނިވަޑައިނުގަންނަވާކަމަށް ނިންމެވިއެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު (ޤާނޫނު ނަންބަރު: 2020/5) ގެ 7 ވަނަ މާއްދާގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އާ ބޯޑެއް ރައީސުލް ޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާތީ، އަލަށް އެކުލަވާލެވުނު ބޯޑުގެ މެންބަރުންނާ، 23 ޖޫން 2020 ވާ އަންގާރަ ދުވަހުގެ 12:00 ގައި ބޭއްވެވުމަށް ހަމަޖެހިފައިވާ އެ ކޮމިޓީގެ ބައްދަލުވުމުގައި ބައްދަލުކުރެއްވުމަށްވެސް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

9 ޖޫން 2020

ކައުންސިލަރުންގެ މުސާރައާއި ޢިނާޔަތްތައް

ކުރިޔަށް ދަނީ

16 މޭ 2020

ނައިފަރު ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA