ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

25 ނޮވެމްބަރު 2019 11:05

ނަންބަރު

58

2019 ވަނަ އަހަރުގެ 58 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ 26 އަހަރުގެ ފިރިހެނަކު 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުން ކައިވެނިކޮށް އެކުއްޖާ ބަލިވެއިން މައްސަލައާ ގުޅިގެން މަޝްވަރާ ކުރެއްވުމެވެ. އެގޮތުން މިމައްސަލައާ ގުޅިގެން މިހާތަކަސް ލިބިފައިވާ މަޢުލޫމާތާއި، އަދި ކުރިން ލިބިފައިވާ މަޢުލޫމާތާއި އަޅާފައިވާ ފިޔަވަޅުތައް ހޯދުމަށް ޖެންޑަރ މިނިސްޓްރީ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަންއަށް ސިޓީ ފޮނުވުމަށާއި އަދި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަސް އެ ރަށްރަށުގައި މފަދަ މައްސަލަތަކެއް ހުރިނަމަ އެކަން ކޮމިޓީއާ ހިއްސާކުރެއްވުމަށް ސިޓީ ފޮނުވުމަށް ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒް ތަޢީދު ކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން މި ހހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖޫން 2019 - ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA