ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

1 ޑިސެމްބަރު 2020 12:40

ނަންބަރު

58

2020 ވަނަ އަހަރުގެ 58 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވީ، ޤާނޫނު ނަންބަރު 2013/1 (ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އުވާލުމުގެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރައްވާފައިވާތީ، އެ ބިލު ދިރާސާކޮށް ނިންމާނެ ސުންގަޑި ކަނޑައެޅުމާ ގުޅޭ ގޮތުންނެވެ. މިގޮތުން މި ބިލުގެ ސުންގަޑިއަކީ 1 މާރިޗު 2021 ކަމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހަޅުއްވައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ތާއީދުކުރެއްވިއެވެ. އަދި މި ހުށަހެޅުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA