ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

9 ޑިސެމްބަރު 2020 11:04

ނަންބަރު

59

2020 ވަނަ އަހަރުގެ 59 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވީ، ޤާނޫނު ނަންބަރު 2013/12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކޮށް ނިންމާނެ ސުންގަޑި ކަނޑައެޅުމާ ގުޅޭ ގޮތުންނެވެ. މިގޮތުން މި ބިލުގެ ސުންގަޑިއަކީ 1 މާރިޗު 2021 ކަމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހަޅުއްވައި ކ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދުކުރެއްވިއެވެ. އަދި މި ހުށަހެޅުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA