ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

17 ޖޫން 2020 12:36

ނަންބަރު

23

2020 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އެންމެ ފުރަތަމަ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) އަށް އިޞްލާޙް ގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައެޅުމުގެ މަސައްކަތްކުރެއްވިއެވެ. އެގޮތުން މި ބިލުގެ ސުންގަޑިކަމުގައި 07 ޖުލައި 2020 ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އެއަށްފަހު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) އަށް އިޞްލާޙް ގެނައުމުގެ ބިލަށް ޚިޔާލު ހޯދުމަށް ފޮނުވާނެ ތަންތަނާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން އަންނަނިވި ތަންތަނަށް ފޮނުވުމަށް ކޮމިޓީގެ އިއްތިފާޤުން ފާސްކުރެވުނެވެ. 1. ލޯކަލް ގަވަރންމަންޓް އޮތޯރިޓީ؛ 2. މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ؛ 3. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ؛ 4. އަތޮޅު ކައުންސިލްތައް.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA