ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

6 ޖުލައި 2020 12:10

ނަންބަރު

25

2020 ވަނަ އަހަރުގެ 25 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އެންމެ ފުރަތަމަ، އއ.މަތިވެރީގެ ޓޫރިޒަމް ޒޯން 1 އަދި 2 މިނިސްޓްރީ އޮފް ޓޫރިޒަމް އިން އަމިއްލަ ފަރާތްތަކަށް 50 އަހަރަށް ކުއްޔަށްދޭން ނިންމި ނިންމުމާ ގުޅިގެން އއ.މަތިވެރި ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލަ ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްކުރެއްވިއެވެ. އެގޮތުން، ކޮމިޓީގައި ބައިވެރިވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ރިޕޯޓު ފާސްވިއެވެ. ދެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ސުންގަޑިއަށް 2 ހަފްތާ އިތުރުކުރެއްވިއެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލަށް އެކިއެކި އިދާރާތަކުން ހުށަހަޅުއްވާފައިވާ ކޮމެންޓްތައް ދިރާސާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA