ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

5 ނޮވެމްބަރު 2019 14:00

ނަންބަރު

22

2019 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސް މަރުހަލާ އަދި ކޮމިޓީ ރިޕޯޓު މަރުހަލާގައި މެންބަރުންނަށް ވާހަކަދައްކަވަން ދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމުގެ މަސައްކަތެވެ. އެ ގޮތުން ބަޖެޓްގެ ބަހުސް މަރުޙަލާގައި، ކޮންމެ މެންބަރަކަށް 15 މިނެޓުގެ އެއް ފުރުޞަތު ދިނުމަށާއި، ކޮމިޓީ ރިޕޯޓު ހުށަހެޅުމަށްފަހު ރިޕޯޓަށް ބަހުސްކުރާ މަރުޙަލާގައި ކޮންމެ މެންބަރަކަށް 7 މިނެޓުގެ އެއް ފުރުޞަތު ދިނުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަޖެޓުގެ ބަހުސް ހިނގަމުންދާ ވަގުތު މެންބަރުން ފާހަގަކުރައްވާ ނުކުތާތަކަށް ޖަވާބުދެއްވުމަށް މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ގޮތުގެ މަތިން މިނިސްޓަރ އޮފް ފިނޭންސަށް ޖުމްލަ 45 މިނެޓު ދެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
4 ނޮވެމްބަރު 2019 - 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސްގެ ވަގުތު ކަނޑައެޅުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA