ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

5 ޑިސެމްބަރު 2019 23:00

ނަންބަރު

26

2019 ވަނަ އަހަރުގެ 26 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސް ލޮކް ސަބާއާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އިތުރަށް ގުޅުން ބަދަހިކޮށް ދެ މަޖިލީހުގެ ދެމެދުގައި އެކިއެކި ބައިނަލްއަޤްވާމީ ކަންކަމުގައި އެއްބާރުލުން ދިނުމާގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ގައި ސޮއިކުރުމާމެދު ގޮތެއް ނިންމުމުގެ މަސައްކަތެވެ. މި އެއްބަސްވުމުގައި ހުރި އިމްލާ ކުށްތައް އިސްލާޙުކުރުމަށްފަހު މި އެއްބަސްވުން ފާސްކުރެއްވިއެވެ.އެއަށްފަހު ކޮމިޓީގައި މަޝްވަރާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮމިޓީ އެލަވަންސް ލިބުމުގެ އުސޫލުގެ 3 ވަނަ ނުކުތާ، މާލިއްޔަތު ކޮމިޓީން މުރާޖަޢާކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ފޮނުއްވުމުން، އެކަމުގައި ޢާންމު ކޮމިޓީގެ މަޝްވަރާއަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުންނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA