ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

12 އޭޕްރީލު 2020 10:30

ނަންބަރު

21

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި،މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ޔުނައިޓެޑް ނޭޝަން ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އިން ޙިއްސާކޮށްފައިވާ ގައިޑެންސް ގެ ދިވެހި ތަރުޖަމާ އަދި ކޮވިޑް-19 އާއި ގުޅިގެން މުހައްމަދު ޝާފީ އަދި މުހައްމަދު ރާޒީ ތައްޔާރުކޮށްފައިވާ ކަރުދާހާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް މި ކަރުދާސްތައް ފޮނުވިފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މަޖިލިސް އީ-މެއިލްއަށް ކަމުން، ކުރިން އެ ބޭފުޅުންގެ އަމިއްލަ އީ-މެއިލްއަށް ފޮނުވަމުން ގެންދަވާތީ، އެ ބޭފުޅުންގެ އަމިއްލަ އީ-މެއިލްއަށް ފޮނުވުމަށް ފަހު ކަރުދާސްތައް ދިރާސާކުރުމަށް ފަހު އަދި މި ކޮމިޓީއިން އެސް.އޯ.އީޒްތަކަށް ފޮނުވައިފައިވާ ސިޓީތަކަށް ބައެއް ކުންފުނިތަކުން ޖަވާބުދެއްވައިފައިނުވާތީ، އެ ސިޓީތަކުގެ ޖަވާބު ހޯދުމަށްފަހު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މެންބަރުން އެއްބަސްވެފައިވެއެވެ. ކޮވިޑް-19 ގެ އާއި ގުޅިގެން ކޮމިޓީގެ ނިންމުންތައް ނުނިމި ހުރިނަމަވެސް ރިޕޯޓް ތައްޔާރުކުރުމުގެ ފެށުމަށް މެންބަރުންގެ އިއްތިފާޤުން ފާސްވެފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA