ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

17 މޭ 2020 13:05

ނަންބަރު

26

2020 ވަނަ އަހަރުގެ 26 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ މަޝްވާރާކޮށްފައިވަނީ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ މެމްބަރުން މަޤާމުގެ ޤަނޫނީ ޒިންމާ އަދާކުރަމުން ނުދާތީ އެކަމާއި ގުޚޭގޮތުންނެވެ. މިގޮތުން އެ ކޮމިޝަނުގެ މެމްބަރުން މަޤާމުން ވަކިކުރުމުގެ މަސައްކަތްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ސިޓީ ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ. ދެވަނަ ކަމަކަށް ކޮމިޓީން މަޝްވަރާކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކާއި ގުޅޭގޮތުންނެވެ. އެގޮތުން އެކަންކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ކަމާއިގުޅޭ އިދާރާތަކަށް ސިޓީ ފޮނުވުމަށް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމަވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA