ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

27 އޯގަސްޓު 2020 10:58

ނަންބަރު

47

2020 ވަނަ އަހަރުގެ 47 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމެވެ. މިގޮތުން މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ 4 މައްސަލައަކާމެދު ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރައްވާފައިވެއެވެ. އެއީ 1. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭސްނުލިބޭ މައްސަލަ-ޙުސައިން ޒިޔާދު: މޮނިޓަރިންގ މައްސަލައެއްގޮތުގައި ބޭއްވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ. 2. ޕަވަރޓީލައިންގެ ދަށުގައި ހިމެނޭ ފަރާތްތައް: ސޯޝަލް އިމްޕެކްޓް އެސެސްމަންޓް ނިމިފައި އޮތްތާ ސާފުކުރެއްވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ. 3. މާރާމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާކޮށްފައިވާ މައްސަލަ – މި މައްސަލަ ކްލޯޒްކޮށް މައްސަލަ ހުށަހެޅި ފަރާތަށް މުއައްސަސާތަކުގައި މައްސަލަ ގޮސްފައިވާ ހިސާބު އެންގުމަށް ކޮމިޓީން ނިންމަވާފައިވެއެވެ. 4. ބައްޕައާ ބައްދަލުކުރުމަށް ހުށަހަޅާފައިވާ މައްސަލަ. މި މައްސަލަ ނިންމެވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA