ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

5 އޮކްޓޯބަރު 2020 11:13

ނަންބަރު

48

2020 ވަނަ އަހަރުގެ 48 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށްގޮސްފައިވަނީ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ޢައްޔަންކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ 3 ފަރާތެއްގެ ނަންފުޅު ފޮނުއްވާފައިވާތީ އެ ނަންފުޅުތައް ދިރާސާކޮށް ކޮމިޝަނަށް މެންބަރަކު ޢައްޔަނުކުރުމުގެ މަސައްކަތް ކޮމިޓީއިން ކުރިއަށްގެންދާނެ ގޮތަކާއިމެދު މަޝްވަރާކުރުމެވެ. މިގޮތުން އެފަރާތްތަކުގެ ރެކޯޑް ސާފުކުރުމާއި ޝަރުތު ފުރިހަމަވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، އެ ކޮމިޝަނުން އިތުރު މެންބަރެއްގެ ދައުރު ހަމަވެފައިވާތީ އިންޓަރވިއު ކުރުމުގެ މަރުޙަލާ، އެ މަޤާމަށް ޢައްޔަނުކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކާއެކު ކުރިއަށްގެންދިއުމަށް ކޮމިޓީއިން ވަނީ ނިންމާފައެވެ. ދެވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމެވެ. މިގޮތުން މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ 5 މައްސަލައަކާމެދު ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރައްވާފައިވެއެވެ. ތިންވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގޮސްފައިވަނީ ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ކުރަމުންދާ އަނިޔާ ހުއްޓާލުމުގެ ގޮތުން ދައުލަތުން ކުޑަކުދިންނާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށް އެދި ގޮވާލާ ހުށަހަޅާފައިވާ ޤަރާރާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. މ

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA