ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

28 އޮކްޓޯބަރު 2020 14:25

ނަންބަރު

55

2020 ވަނަ އަހަރުގެ 55 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އަށް 20 ނޮވެންބަރު 2020 ގައި ޢަމަލުކުރަން ފަށާއިރު، އެ ޤާނޫނު ތަންފީޒުކުރުމަށް ތައްޔާރުވުމުގެގޮތުން ދައުލަތުގެ އިދާރާތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، އެޤާނޫނު ތަންފީޒުކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމުގައި އެ އިދާރާތަކަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އިދާރާތަކާއި ބައްދަލުކުރުމެވެ. އެގޮތުން މި ބައްދަލުވުމުގައި، އެޓަރނީ ޖެނެރަލްގެ އޮފީސްއާއި، މިނިސްޓްރީ އޮފް ފިނޭންސްއާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި މިނިސްޓްރީ އޮފް ހޯމްއެފެއަރޒްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބޭފުޅުން ބައިވެރިވެފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖޫން 2019 - ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA