ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

10 ނޮވެމްބަރު 2020 14:00

ނަންބަރު

18

2020 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސް މަރުހަލާ އަދި ކޮމިޓީ ރިޕޯޓު މަރުހަލާގައި މެންބަރުންނަށް ވާހަކަދައްކަވަން ދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމުގެ މަސައްކަތެވެ. އެ ގޮތުން ބަޖެޓްގެ ބަހުސް މަރުޙަލާގައި، ކޮންމެ މެންބަރަކަށް 15 މިނެޓުގެ އެއް ފުރުޞަތު ދިނުމަށާއި، ކޮމިޓީ ރިޕޯޓު ހުށަހެޅުމަށްފަހު ރިޕޯޓަށް ބަހުސްކުރާ މަރުޙަލާގައި ކޮންމެ މެންބަރަކަށް 7 މިނެޓުގެ އެއް ފުރުޞަތު ދިނުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަޖެޓުގެ ބަހުސް ހިނގަމުންދާ ވަގުތު މެންބަރުން ފާހަގަކުރައްވާ ނުކުތާތަކަށް ޖަވާބުދެއްވުމަށް މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ގޮތުގެ މަތިން މިނިސްޓަރ އޮފް ފިނޭންސަށް ޖުމްލަ 45 މިނެޓު ދެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު ކުރިއަށް ގެންދެވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚު އިމްރާން ޢަބްދުﷲގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގެ ވަގުތު ކަނޑައެޅުމެވެ. އެގޮތުން، މަޖިލީހުގައި ބަހުސްކުރެވޭ 2 ގަޑިއިރުގެ ވަގުތުގައި، އެ މަނިކުފާނުގެ ދިފާޢުގައި ވާހަކަ ދެއްކުމަށްޓަކައި ބަހުސް ފެށުމުގެ ގޮތުން 10 މިނިޓުގެ ފުރުޞަތު، ބަހުސްގެ މެދުތެރެއިން 10 މިނެޓުގެ ފުރުޞަތު އަދި ބަހުސް ނިންމުގެ ގޮތުން 10 މިނެޓުގެ ފުރުޞަތާއެކު، ޖުމްލަ 30 މިނެޓުގެ ފުރުޞަތު ދެއްވުމަށާއި، އަދި ބާކީ އޮތް 1 ގަޑިއިރާއި 30 މިނެޓް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އުޞޫލާ އެއްގޮތްވާގޮތުގެ މަތިން މެންބަރުންނަށް ވަގުތު ދެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA