ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

23 ޖޫން 2019 10:07

ނަންބަރު

4

2019 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއިން ކުރިއަށް ގެންދިއައީ ޢިޔާސުއްދީން ސުކޫލުން އިސް ނަގައިގެން މާލޭގެ ސުކޫލުތަކާގުޅިގެން، ތިމާވެށީގެ ކަންތައްތަކުގައި ހަރަކާތްތެރިވާ ދަރިވަރުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއާ ބައްދަލުކުރައްވައި އެކުދިންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމެވެ. މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައިސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ސިންގަލް ޔޫސް ޕުލާސްޓިކުގެ ހުރި ނުރައްކާތެރިކަމާއި ކުރާ ނޭދެވޭ އަސަރުގެ މައްޗަށް އެކުލަވާލައިފައިވާ ޕުރެޒެންޓޭޝަން އެއް ކޮމިޓީއަށް އެ ކުދިން ހުށަހަޅައިދިނެވެ. އެއަށްފަހު އެކުދިންގެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް އާއި ކޮމިތީގެ މެންބަރުންވެސް އެކުދިންގެ ހުށާހެޅުންތަކަށް ތާއީދު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އަދި އެކުދިންގެ އެ ހުށަހެޅުންތައް އިލްތިމާސް އެއް ގޮތަށް މަޖިލީހުގެ ރައީސް އަށް ހުށަހެޅިމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުން ކޮމިޓީގެ އިއްތިފާގުން ކޮމިޓީއިން ފާސް ކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖުލައި 2019 - ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާމެދު މަޝްވަރާ ކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA