ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

24 ޖޫން 2019 14:33

ނަންބަރު

5

2019 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުން

ޚުލާސާ

ރާއްޖޭގެ ރަށްތަކުން ރުއްގަސްތައް ކެނޑުމަށްފަހު، އެތަކެތި ބޭނުން ކޮށްގެން ރާއްޖޭގެ ރިސޯޓުތައް ހަދަމުންދާކަން ފާހަގަކޮށް މި ކޮމިޓީގެ މެންބަރަކު ހުށަހޅުއްވާފައިވާ މައްސަލައާއި ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޮމީޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް އެފަރާތުންވަނީ ޖަވާބުދެއްވައި، އެ މައްސަލައާ ގުޅޭ އެންމެހައި މަޢުލޫމާތުތައް މެންބަރުންނާ ހިއްޞާ ކޮށްފައެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ އުޞޫލެއްގެ މަތީން ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމް ކުރުމާ ގުޅޭގޮތުން އިޞްލާޙު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކޮށްފައިވާތީ، އެކަންތައްތަކުގެ ތަފްޞީލީ ކަރުދާހެއް މި ކޮމޓީއަށް ފޮނުއްވައި ދެއްވުމަށް ކޮމިޓީން އެދިވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖުލައި 2019 - ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާމެދު މަޝްވަރާ ކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA