ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

25 ޖޫން 2019 16:05

ނަންބަރު

6

2019 ވަނަ އަހަރުގެ 06 ވަނަ ބައްދަލުވުން

ޚުލާސާ

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްއިން އިސްނަގައިގެން ރާއްޖޭގެ ސްކޫލްތަކާ ގުޅިގެން، ދަރިވަރުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް 23 ޖޫން 2019 ގައި ހުށަހެޅި އިލްތިމާސްއާ ގުޅިގެން، ސިންގަލްޔޫސް ޕްލާސްޓިކް ދިވެހިރާއްޖޭގައި އުފެއްދުމާއި ބޭނުންކުރުން މަދުކޮށް ހުއްޓާލުމަށް ކޮމިޓީގެ ފަރާތުން ޤަރާރެއް ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ކޮމިޓީން ނިންމާފައިވާތީ، އެ ޤަރާރުގައި ހިމެނޭ ބައިތާކާ ގުޅޭގޮތުން މަޝްވާރާކުރެއްވިއެވެ. މިގޮތުން މި ޤަރާރުގައި، ސިންގަލްޔޫން ޕްލާސްޓީކް ދިވެހިރާއްޖޭގައި ބޭނުންކުރުން މުޅިން މަނާކުރާނެ ތާރީޚެއް ކަނޑައެޅުމަށް ކޮމިޓީން ނިންމާފައިވާތީ، އެއީ އެކަށޭނެ މުއްދަތެއްތޯ ބެއްލެވުމުގެ ގޮތުން މިކަމާ ގުޅުން ހުރި ދެ މިނިސްޓްރީއަކާއި ހަތަރު ކުންފުންޏަކާ ބައްދަލުކޮށް މަޝްވަރާކުރުމަށް ކޮމިޓީން ނިންމެވިއެވެ. މިގޮތުން މަޝްވަރާކުރުމަށް ބޭނުންވާ އިދާރަތަކާއި ކުންފުނި ތަކުގެ ނަންތައް ތިރީގައި އެވަނީއެވެ. 1. އެތަންމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް 2. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް 3. އިންޓަރނޭޝަނަލް ބެވަރރޭޖަސް ކޮމްޕެނީ 4. އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕވޓ ލޓޑ 5. މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ 6. ވިޔަފާރިވެރިންގެ ޖަމިއްޔާ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖުލައި 2019 - ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާމެދު މަޝްވަރާ ކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA