ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

8 ޖުލައި 2019 14:05

ނަންބަރު

8

2019 ވަނަ އަހަރުގެ 08 ވަނަ ބައްދަލުވުން

ޚުލާސާ

ރާއްޖޭގެ ޤުދުރަތީ ވެށި ޙިމާޔަތްކޮށް ދެމެހެއްޓުމަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ޙިއްޞާ ކުރެއްވުމަށް، އެންވަޔަރަންމަންޓް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީއާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު އެންވަޔަރަންމަންޓް މިނިސްޓަރުއާ ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. މާލެއާ އަތޮޅު ތަކުގައި ޖަމާވާ ކުނިތައް މެނޭޖްނުކުރެވި ދުވަސްތަކެއް ފާއިތުވެގެން ދާކަމަށް، ކޮމިޓީން ދެކެވަޑައިގަންނަވާތީ، އެ މައްސަލައާ ގުޅޭގޮތުން ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކޮށް މަޢުލޫމާތު ސާފުކރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. މަތީގައި ދެންނެވިފައިވާ މައްސަލައާ ގުޅޭގޮތުން ތިރީގައިވާ ފަރާތްތަކާ ބައްދަލުކުރެއްވުމަށްވެސް ކޮމިޓީން ނިންމެވިއެވެ. 1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް؛ 2. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ؛ 3. ލޯކަލް ގަވަރމަންޓް އޮތޯރިޓީ؛ އަދި 4. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖުލައި 2019 - ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާމެދު މަޝްވަރާ ކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA