ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

16 ޖުލައި 2019 14:35

ނަންބަރު

9

2019 ވަނަ އަހަރުގެ 09 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލު ކުރެއްވުމުގައިކުރިއަށް ގެންދިއައީ ގދ. މަޑަވެލި އަދި ގދ ހޯޑެއްދޫ ގުޅާލުމަށް ހަދާފައިވާ ކޯޒްވޭގެ ސަބަބުން އެ ދެރަށަށް ކުރިމަތިވަމުންދާ އުދައެރުމުގެ މައްސަލައާ ގުޅޭގޮތުން ހުށަހަޅާފައިވާ ރިޕޯޓުގެ މައްސަލަ ކޮމިޓީއިން ދިރާސާ ކުރެއްވިމެވެ. މިގޮތުން އެ ރިޕޯޓް ހުށަހެޅުއްވި މަޑަވެލި ދާއިރާގެ މެންބަރު އަޙްމަދު ފިރުޝާން ވަނީ މި ރިޕޯޓޫ ކޮމިޓީއަށ ހުށަހެޅި ސަބަބު ކޮމިޓީއާ ޙިއްސާ ކުރައްވާފައެވެ. މި މައްސަލަ ދިރާސާ ކުރެއްވުމަށް ސަބްކޮމިޓީއެއް ހަދާ އެ ކޮމިޓީއާ މި މައްސަލަ ހަވާލުކުރެއްވިއެވެ. އަދި މި މައްސަލަ ދިރާސާކޮށް ސަބް ކޮމިޓީއިން ނިންމެވުމަށްފަހު މައި ކޮމިޓީއަށް ހުށަހެޅުމަށް 2 ހަފްތާގެ (30 ޖުލައި އަށް) މުއްދަތެއް ދިނެވެ. ސަބް ކޮމިޓީގެ މެންބަރުންނަކީ ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އަދި މަޑަވެލި ދާއިރާގެ މެންބަރު ޙުސެއިން ފިރުޝާން.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖުލައި 2019 - ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާމެދު މަޝްވަރާ ކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA