ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

5 އޯގަސްޓު 2019 10:10

ނަންބަރު

14

2019 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

ކުނި މެނޭޖްކުރުމުގެ މައްސަލައާ ގުޅިގެން، 5 އޮގަސްޓް 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން، އެ ތާރީޚުގައި ބާއްވައިފިނަމަ އެ ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރަށް ބައިވެރިވެވަޑައި ނުގެންނެވޭތީ އެ ބައްދަލުވުން ފަހުގެ ތާރީޚަކަށް ފަސްކޮށްދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން އެ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެ ބައްދަލުވުން މި ހިނގާ މަހުގެ 26، 27 އަދި 28 މި ތިން ދުވަހުގެ ތެރެއިން ދުވަހެއްގައި ބޭއްވުމަށް ނިންމެވިއެވެ. އަދި މި ނިންމެވުމާއިގުޅިގެން މި މައްސަލައިގައި އިތުރަށް ސިޓި ފޮނުއްވަންޖެހޭ އިދާރާތައް ކަމުގައިވާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަށްވެސް ސިޓީ ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖުލައި 2019 - ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާމެދު މަޝްވަރާ ކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA