ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

21 އޯގަސްޓު 2019 16:30

ނަންބަރު

36

2019 ވަނަ އަހަރުގެ 36 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ، ބައްދަލުވުމަށް އެޖެންޑާކޮށްފައިވަނީ ކޮމިޓީގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ވުޒާރާތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭގޮތުން ކޮމިޓީން ހޯދާފައިވާ މަޢުލޫމާތު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ވުޒާރާތަކުން ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދު ތެރޭގައި ނިންމަވާފައިވާ ކަންކަމާއި ނުނިންމި ހުރި ކަންކަމާއި، އެ މަޝްރޫޢުތަކާ ގުޅޭގޮތުން ކަމާގުޅޭ ވުޒާރާތަކުން ކުރައްވާފައިވާ ކަންކަމާ ގުޅޭގޮތުން ދިރާސާއެއްކުރެއްވުމަށް ކޮމިޓީގެ ކޮންމެ މެންބަރަކަށް ވުޒާރާއެއް ޙަވާލުކުރެއްވުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ތާއީދުކުރައްވައި، ކޮމިޓީގައި އެ ވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އަދި، ކޮމިޓީގެ ކުރިއަށް އޮތް ބައްދަލުވުން ޖެހިގެން އަންނަ ހޯމަ ދުވަހު ބާއްވަވައި، އެކަމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރެއްވުމަށް ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ހުށަހެޅުއްވުމުން، އެ ހުށަހެޅުއްވުމަށް ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ތާއީދުކުރައްވައި، ކޮމިޓީގައި އެ ވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އއްތިފާޤުން ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA