މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 63ވަނަ ބައްދަލުވުން

23 އޯގަސްޓު 2020 14:15 ނަންބަރު 63

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތެރެއިން 3 ބޭފުޅެއް ތަޢުލީމު ހާސިލުކުރައްވާފައިވާ ފަރާތްތަކެއްކަން ބަލައި ދިނުމަށް އެދިވަޑައިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް ފޮނުވާފައިވާ ސިޓީގެ ޖަވާބާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމެވުމެވެ. މިގޮތުން، މިކަމާ ގުޅޭގޮތުން ކައުންސިލް ޖެނެރަލްގެ ލަފައެއް ހޯދުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހަޅުއްވާ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ތާޢީދުކުރެއްވިއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އިން ޝަރުތު ހަމަނުވާ ފަރާތްތަކަކީ ޝަރުތު ހަމަނުވާ ފަރާތްތައްކަމަށާ ޝަރުތުހަމަވާ ފަރާތްތަކަކީ ޝަރުތުހަމަވާ ފަރާތްތައް ކަމަށް ކަނޑައެޅުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާ އިސްދޫ ދާއިރާގެ މެންބަރު އަލީ ޙަމީދު ތާޢީދުކުރެއްވިއެވެ. މިހަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އަޣްލަބިއްޔަތުން ފާސްކުރެވުނެވެ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

23 އޯގަސްޓު 2020

ސިވިލް ސަރވިސް ކޮމިޝަންގެ 4 މެންބަރުންގެ މަޤާމް ހުސްވުމާގުޅިގެން، އެ 4 މެންބަރުންގެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅުތައް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA