ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

2019 ވަނަ އަހަރުގެ 41 ވަނަ ބައްދަލުވުން

8 އޮކްޓޯބަރު 2019 14:35 ނަންބަރު 41

ޚުލާސާ

މި ބައްދަލުވުމުގައި، ކުރިއަށް ގެންދެވީ ކޮމިޓީގެ ބެއްލެވުމުގެ ދަށުން ޑްރާފްޓްކުރުމަށް ހަމަޖެހިފައިވާ ބިލުތައް ކުރިއަށް ގެންދާނެގޮތެއް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، އިޖްތިމާޢީ ކޮމިޓީގެ މެންބަރު ހިމެނޭގޮތުން 2 ސަބް ކޮމިޓީއެއް ހޮއްވަވައި، 2 ބިލެއް ޑްރާފްޓްކުރެއްވުމަށް އެ ސަބް ކޮމިޓީތަކާ ޙަވާލުކުރެއްވިއެވެ. އެގޮތުން ހޮއްވެވި 2 ސަބް ކޮމިޓީތަކަކީ: ބޯހިޔާވަހިކަމުގެ ބިލު ޑްރާފްޓްކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީ: 1. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު؛ 2. ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް؛ 3. ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް؛ 4. ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް؛ 5. ފުނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު؛ ދަތުރުފަތުރާބެހޭ ބިލު ޑްރާފްޓް ކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީ: 1. މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން؛ 2. ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ؛ 3. ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް؛ 4. ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން؛ 5. ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

6 އޮކްޓޯބަރު 2019

ކޮމިޓީގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ބިލުތައް ޑްރާފްޓުކުރުމުގެ މަސައްކަތް

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA