މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 64 ވަނަ ބައްދަލުވުން

25 އޯގަސްޓު 2020 12:20 ނަންބަރު 64

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތަކާ ގުޅޭ މައްސަލައެވެ. މިގޮތުން މި މައްސަލަ ނިންމާނެ ސުންގަޑި އަކީ 11 އޮކްޓޫބަރު 2020 ކަމަށާއި، ކުރިމަތިލައްވާފައިވާ ފަރާތްތަކާ ގުޅޭ ޝަކުވާއެއް އޮތްތޯ ބެލުމަށް 2 ހަފްތާގެ މުއްދަތަށް ހުޅުވާލުމަށާއި، އިންޓަވިއުކުރާނެ ދުވަސްތަކަކީ 5 އޮކްޓޫބަރު 2020 އިން 7 އޮކްޓޫބަރު 2020 އަށް ކަމަށާއި ޝަރުތު ހަމަވޭތޯ ބެލުމަށް އެކުލަވާ ޕެނަލްއަކީ އަޙްމަދު ނާޒިމް މުޙައްމަދު، ޝަހުޒާދު ސައީދު އަދި ފާތުމަތު ނަދާ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާ އިސްދޫ ދާއިރާގެ މެންބަރު އަލީ ޙަމީދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ. ދެން ކުރިއަށް ގެންދެވީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ޒީނާ ޒާހިރު މަގާމުން ވަކިކުރުމުގެ މައްސަލައެވެ. އެގޮތުން ހުށަހެޅިފައިވާ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް 12 އޮކްޓޫބަރު 2020 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގެ ބައްދަލުވުމަށް ޒީނާ ޒާހިރު ހާޒިރުކުރުމަށާއި މި މައްސަލާއާ ގުޅޭގޮތުން އެއްވެސް ލިޔެކިޔުމެއް ހުށަހެޅުމަށް އެދިވަޑައިގަންނަވާނަމަ، އެ ލިޔުމެއް 30 ސެޕްޓެންބަރު 2020 ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުއްވައިދެއްވުމަށް ޒީނާ ޒާހިރުއަށް ދެންނެވުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާ އިސްދޫ ދާއިރާގެ މެންބަރު އަލީ ޙަމީދު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ. އެއަށް ފަހު ދެން ކުރިއށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޮނުއްވާފައިވާ މެމޯ އިން ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ބަލަމުންދާ މައްސަލައިގައި، އެ ކޮމިޝަނުން މަސްއޫލިއްޔަތު އަދާކުރި ގޮތް އިތުރަށް ބަލާދިނުމަށް އެދި ފޮނުއްވާފައި މައްސަލަ ކުރިއަށް ގެންދާނެގޮތާމެދު މަޝްވަރާކުރުމެވެ. މިގޮތުން މި މައްސަލަ ނިންމާނެ ސުންގަޑިއަކީ 29 އޮކްޓޫބަރު 2020 ކަމަށާއި މި މައްސަލާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 14 އޮކްޓޫބަރު 2020 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގެ ބައްދަލުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން ހާޒިރުކުރުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާ އިސްދޫ ދާއިރާގެ މެންބަރު އަލީ ޙަމީދު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ. އެއަށް ފަހު ދެން ކުރިއަށް ގެންދެވީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޚިޔާނާތާ ގުޅިގެން، އެސެޓް ރިކަވަރީ ކޮމިޝަންއާއި އެންޓި-ކޮރަޕްޝަން ކޮމިޝަންއިން ކުރިއަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި ދެކޮމިޝަނާއި އަދި ޕްރޮސެކިއުޓަރ ޖެނެރަލްއާއެކު 21 އޮކްޓޫބަރު 2020 ގައި ބައްދަލުވުމެއް ބޭއްވުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާ އިސްދޫ ދާއިރާގެ މެންބަރު އަލީ ޙަމީދު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

21 އޮކްޓޯބަރު 2020

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ޤާނޫނު ގޮތުން އަދާކުރަމްޖެހޭ ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

11 އޮކްޓޯބަރު 2020

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ހުސްވެފައިވާ 3 މެންބަރުކަމުގެ މަޤާމަށް މީހުން ޢައްޔަންކުރެއްވުމާގުޅޭ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

25 އޯގަސްޓު 2020

އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅިގެން، އިންވެސްޓިގޭޝަންތަކާގުޅޭމަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި ދެކޮމިޝަނާއި އަދި ޕީޖީއާއެކު ބައްދަލުވުމެއް ބޭއްވުން

ކޮމެޓީ މަސައްކަތް ނިމިފައި

18 އޯގަސްޓު 2020

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތާ ގުޅޭގޮތުން އޭސީސީއިން ބަލަމުންދާ މައްސަލައިގައި،މަސްއޫލިއްޔަތު އަދާކުރި ގޮތް އިތުރަށް ބަލާދިނުމަށް އެދި ފޮނުއްވާފައި މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA