މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 65 ވަނަ ބައްދަލުވުން

26 އޯގަސްޓު 2020 11:15 ނަންބަރު 65

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ރައްޔިތުންގެ މަޖިލީހު އިދާރާއިން ފޮނުވާފައިވާ މެމޯމުއަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އިން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފޮނުއްވާފައިވާ 3 ރިޕޯޓުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން އެ ކޮމިޝަން އިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭ މައްސަލަ ކުރިއަށް ގެންދާނެގޮތަކާމެދު މަޝްވާކުރެވުނެވެ. މިގޮތުން މި ރިޕޯޓުގެ ތަޙްޤީޤު ނިންމޭނެ ތާރީޚެއް މިކޮމިޓީއަށް އެންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ސިޓީއަކުން ދެންނެވުމަށް ނިންމެވިއެވެ. އެއަށްފަހު މުއައްސަސާތަކުގެ އަހަރީ ރިޕޯޓާ ގުޅިގެން އޮޑިޓަރ ޖެނެރަލް އޮފީހުން ފޮނުއްވާފައިވާ ރެކޮމެންޑޭޝަންތައް ދިރާސާކުރުމުގެ މަސައްކަތްކުރިއަށް ގެންދެވުނެވެ. މިގޮތުން، ސިވިލް ސަރވިސް ކޮމިޝަން، މޯލްޑިވްސް މީޑިއާ ކޮމިޝަން އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރެއްވުމަށްފަހު އޮޑިޓަރ ޖެނެރަލް އޮފީހުން ފޮނުއްވާފައިވާ ރެކޮމެންޑޭޝަންތައް ސިޓީއަކުން އެ ކޮމިޝަންތަކާ ހިއްސާކުރެއްވުމަށް ނިންމެވިއެވެ. ދެން ކުރިއަށް ގެންދެވީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ޒީނާ ޒާހިރު މަގާމުން ވަކިކުރުމުގެ މައްސަލަ ނިންމާނެ ސުންގަޑި ކަނޑައެޅުމެވެ. މިގޮތުން މި މައްސަލަ ނިންމާނެ ސުންގަޑިއަކީ 18 އޮކްޓޫބަރު ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

21 އޮކްޓޯބަރު 2020

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ޤާނޫނު ގޮތުން އަދާކުރަމްޖެހޭ ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

26 އޯގަސްޓު 2020

2019 އަހަރު ރިޕޯޓާ ގުޅިގެން އޮޑިޓަރ ޖެނެރަލް އޮފީހުން ފޮނުއްވާފައިވާ ރެކޮމެންޑޭޝަންތައް ދިރާސާކުރުމުގެ މަސައްކަތް

ކޮމެޓީ މަސައްކަތް ނިމިފައި

25 އޯގަސްޓު 2020

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އިން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފޮނުއްވާފައިވާ 3 ރިޕޯޓުގެ މަސައްކަތް

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA