ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

19 މޭ 2021 11:00

ނަންބަރު

16

2021 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" އަދި "ވިއެނާ ކޮންވެންޝަން އޮން ރޯޑް ސައިންސް އެންޑް ސިގްނަލްސް 1968" ގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން، އެ ދެ ކޮންވެންޝަނުގައި ދިވެހިރާއްޖެއިން ބައިވެރިވާއިރު ރިޒަވޭޝަނެއް ގެނައުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ފެންނަކަމަށް އެ މިނިސްޓްރީން ފާހަގަކޮށްފައިވާއިރު، އެ މިނިސްޓްރީއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި އެޓާރނީ ޖެނެރަލްގެ އޮފީހުގައި އެ ކޮންވެންޝަންތަކުގައި ބައިވެރިވާއިރު، އެ މުއާހަދާތަކަށް އެ އިދާރާތަކުން ގެންނަން ބޭނުންފުޅުވާ ރިޒަވޭޝަނެއް އޮތް ނަމަ އެކަން ކޮމިޓީއަށް ފާހަގަކޮށްދެއްވުން އެދި ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި، މީގެ އިތުރުން، މާފުށީ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ ފިލިޕީންސްގެ ރައްޔިތަކު ފޮނުއްވާފައިވާ ސިޓީއަކާ ގުޅިގެން، އެ މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ދެންނެވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA