ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

4 މާރިޗު 2020 14:30

ނަންބަރު

4

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2020 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިއޮތީ ތިރީގައިވާ މައްސަލަތަކެވެ. އެގޮތުން؛ 1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، ހ.ދޫރިހާ، އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީއަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއެދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ އާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، އެ ބޭފުޅާއަށް ރުހުން ދިނުމަށް ފެނިވަޑައިގަންނަވާކަމަށް ކޮމިޓީން ނިންމަވާ މަޖިލީހަށް ރިޕޯޓް ފޮނުއްވުމަށް ނިންމެވިއެވެ. 2. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ މާލީ އެހީގައި ރާއްޖޭގައި ޤާއިމް ކުރަމުންދާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓަށް އައި.ޓީ ސްޕެޝަލިސްޓެއް ހޯދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން 28 އެޕްރީލް 2019 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން އެ މަޤާމަށް މީހަކު ހަމަޖެއްސުމުގައި އޭ.ޑީ.ބީ ގެ ގައިޑްލައިންތަކާ ޚިލާފަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ޢަމަލުކޮށްފައިވާތީ، އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލައާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ފޮނުއްވާފައިވާ ސިޓީއަށް ރިޢާޔަތްކޮށް، ކޮމިޓީއަށް ނިންމަވާފައިވަނީ މި މައްސަލައިގައި ފާހަގަވާ އިތުރު މައްސަލައެއް ނެތްކަމަށް ނިންމަވާ، މައްސަލަ ހުށަހެޅި ފަރާތަށް އެ ގޮތަށް ބަޔާންކޮށް ޖަވާބެއް ފޮނުއްވުމަށް ނިންމެވިއެވެ. 3. (ސްޕެޝަލިސްޓް ޑޮކްޓަރ ޓްރެއިނިންގ ޕްރޮގްރާމް 2019) މި ޕްރޮގްރާމްގެ ދަށުން "ނޭޕާލް އެކަޑަމީ އޮފް މެޑިކަލް ސައިންސް" އަށް އަމިއްލަ ޚަރަދުގައި ކިޔަވަން ދިއުމަށް ޕްލޭސްމަންޓް ނޮމިނޭޓް ކުރުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ޢަމަލުކޮށްފައިވަނީ އާންމު އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ކޮމިޓީން ނިންމެވީ މި މައްސަލައާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ކޮމިޓީއަށް ހާޒިރުކުރުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA