ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

17 މާރިޗު 2020 14:00

ނަންބަރު

6

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2020 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ނިންމަވާފައިވާ ޕްރޮޤްރާމްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރެއްވުމެވެ. އެގޮތުން، މިމައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝަވަރާކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހުށަހަޅުއްވައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ތާއީދުކުރެއްވީ މި މައްސަލަ ކުރިއަށްގެންދިއުމަށް 5 މެންބަރުންގެ ސަބް ކޮމިޓީއެއް އެކުލަވާލައި އެ ސަބްކޮމިޓީގެ މަސައްކަތް ނިންމެވުމަށްފަހު މައި ކޮމިޓީއަށް ރިޕޯޓު ހުށަހެޅުމުން އެ ރިޕޯޓާއި މެދު މައި ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މަޖިލީހަށް ރިޕޯޓެއް ފޮނުވުމަށެވެ. މި ހުށަހެޅުން ވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްވެފައެވެ. މި ހުށަހެޅުން ފާސްވުމާއި ގުޅިގެން 5 މެންބަރުން ގެ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާނެ މެންބަރުންގެ ނަންފުޅު ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވައި ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ހުށަހަޅުއްވާފައިވަނީ؛ 1. ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް 2. ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު 3. ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު 4. މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް 5. މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން މި ހުށަހެޅުން ވަނީ ކޮމިޓީގެ ޢައްލަބިއްޔަތުން ފާސްވެފައެވެ. މިއާއި އެކު މިބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA